ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކަން މީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 44ސ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކަން މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިިއެވެ.

މި އަމުރާ ގުޅިގެން ހޯދަނީ މާލެ، ގ.ފެންބޯހުރާ، ނިވާން އަޙްމަދު (31އ)އެވެ.

ނިވާން އަޙްމަދު ހޯދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރުމަށް ބޭނުންވެ ޙާޟިރުވެފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2019 އޮކްޓޯބަރ 15 ވަނަ ދުވަހުގެ 09:45 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ވީމާ ނިވާން އަޙްމަދާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރެއްވުމަށް އެދެއެވެ.

މިއަދު އޮންލައިން