ރައީސް ޔާމީންގެ އެކައުންޓަށް މިނިވަން ފަންސާހުގެ ދެ ޕްރޮޖަކްޓަކުން ފައިސާ ވަތް މައްސަލައެއް އޭސީސީ އިން ބަލަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ރައީސް ޔާމީންގެ އެކައުންޓަށް މިނިވަން ފަންސާހުގެ ދެ ޕްރޮޖަކްޓަކުން ފައިސާ ވަތް މައްސަލައެއް އޭސީސީ އިން ބަލަނީ!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް މިނިވަން ފަންސާހުގެ ދެ ޕްރޮޖަކްޓަކުން ފައިސާ ވަތް މައްސަލައެއް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާކަން އެ ކޮމިޝަން ބުނެފިއެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އޭސީސީ އިން ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަންގެ ގޮތުގައި ހިންގާފައިވާ ކަންތައް މިހާރުވެސް ތަޙުޤީގުކުރަމުންދާކަމަށެވެ. އެހެންނަމަވެސް މާބޮޑު ތަފްސީލެއް ނުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީއިން ބަލަމުންދަނީ މިނިވަން 50ގެ ހަރަކާތްތަކުގައި ބޭނުންކޮށްފައިވާ ސައުންޑް އެންޑް ލައިޓިންގެ މަސައްކަތް ހަވާލުކުރި ބޭރުގެ ކުންފުންޏަކާއެކު ޕާޓްނާޝިޕް ހަދާފައިވާ ދިވެހި ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ 2 މައްސަލައެވެ.  

އޭސީސީއިން މީގެކުރިން ވަނީ ތިން މަޝްރޫއެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާވެފައިވާކަން ހާމަކޮށްފައެވެ.

މިއަދު އޮންލައިން