ހިތާދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 1މ 11ސ
ހިތާދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ދުނިޔޭގެ ނަފްސާނީ ދުޅެހެޔޮކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ބ.އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު އަދި ބ.ހިތާދޫ ހެލްތު ސެންޓަރު ގުޅިގެން ބ.ހިތާދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.

އޮކްޓޫބަރ 10 ވަނަ ދުވަހު ހިތާދޫ ސްކޫލުގައި ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ކުރިޔަށް ގެންދިޔަ ސެޝަނުގައި ގަނާކުރުމަކީ ކޮބައިކަމާއި ގަނާކުރުމުގެ ސަބަބުން ދިމާވާ ނަފްސާނީ މައްސަލަތަކާއި ސްކޫލު މާހައުލުގައި ގަނާ ކުރުމުގެ ސަބަބުން ދިމާވާ ނޭދެވޭ ކަންކަމާއި ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި ހިތާދޫ ސްކޫލުގެ ގްރޭޑް 6 ން 10 އާދެމެދު ގްރޭޑްތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގެ ދަށުން ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި ވަނީ ގަނާކުރުމުގެ ސަބަބުން ކުދިންނަށް އަންނަމުންދާ ބަދަލުތަކާއި ކުދިން އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮށްދިނުމާއި ގަނާކުރުމުގެ މައްސަލައެއް ދިމާވެއްޖެނަމަ ސްކޫލުގެ އިސްވެރިންގެ ސަމާލުކަމަށް ގެނައުމާއި ގަނާކުރުމުގެ ސަބަބުން ދިމާވާ ނަފްސާނީ އަސަރުތަކުގެ ނުރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން