އިންޑިއާގެ އުފެއްދުންތެރިކަން 90% ދަށަށް!- ސާކުގެ ހުރިހާ ޤައުމަކަށް އަސަރުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އިންޑިއާގެ އުފެއްދުންތެރިކަން 90% ދަށަށް!- ސާކުގެ ހުރިހާ ޤައުމަކަށް އަސަރުކުރާނެ!

ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސްގެ އެންމެ ފަހުގެ އަދަދު، މޭކިން ޑީސެންޓްރަލައިޒޭޝަން ވާކް، އިން ދައްކާފައިވާ ގޮތުގައި، ސަރަހައްދުގެ އެންމެ ބޮޑު އިޤްޠިޞާދުކަމުގައިވާ އިންޑިއާގެ އުފެއްދުންތެރިކަމަށް ވެސް ވަނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ. 

ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާ ގޮތުން "އިންޑިއާގައި، ސިނާޢީ އުފެއްދުންތެރިކަން 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި 1 އިންސައްތައިގައި ހުރިއިރު، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ މިންވަރު ހުރީ 10 އިންސައްތައިގަ އެވެ." އިންޑިއާގެ އުފެއްދުންތެރިކަން، ޚާއްޞަކޮށް ކާބޯތަކެތީގެ އުފެއްދުންތެރިކަން ދަށް ދިއުމަކީ އެކަމުގެ ނޭދެވޭ އަސަރު އިންޑިއާ ރައްޔިތުން ފަދައިން ދިވެހި ރައްޔިތުންނަށްވެސް ކުރާނެ ކަމެކެވެ. 

ވޯލްޑް ބޭންކް ރިޕޯޓުން: 

މީގެ ކުރިން އިޤްތިޞާދީ ކުރިއެރުން ބިނާވެފައި އޮތް އެތެރޭގެ ޑިމާންޑް ހީނަރުވެ، މުޅި ސަރަޙައްދުގެ އިޤްތިޞާދު ވެސް ވަނީ މަޑުޖެހިފަ އެވެ.

މުޅި ދެކުނު އޭޝިއާގައި ވެސް އިމްޕޯޓް ކުރެވޭ މުދަލުގެ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ޕާކިސްތާން އަދި ސްރީ ލަންކާގެ އިމްޕޯޓް ވަނީ 15 އިންސައްތަ އާއި 20 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސްފަ އެވެ. އިންޑިއާގައި، އެތެރޭގެ ޑިމާންޑް ވެއްޓި، އަމިއްލަ ފަރާތްތަކުން ބޭނުންކުރާ މުދަލާއި ޚިދުމަތުގެ ނިސްބަތް ކުރިއަރަމުންދާ މިންވަރު މިދިޔަ ކުއާޓަރުގައި 3.1 އިންސައްތައިގައި ހުރިއިރު، އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުގައި އެ މިންވަރު ހުރީ 7.3 އިންސައްތައިގަ އެވެ.

 

މިއަދު އޮންލައިން