އެންޓި-ކޮރަޕްޝަންގެ ޤާނޫނު ރިވިއުކޮށް އިސްލާޙް ގެނައުމުގެ މަސައްކަތް ފަށައިފި!

ކިޔުމަށް ހޭދަވާނީ 2މ 22ސ
އެންޓި-ކޮރަޕްޝަންގެ ޤާނޫނު ރިވިއުކޮށް އިސްލާޙް ގެނައުމުގެ މަސައްކަތް ފަށައިފި!

ކުރިއަށް މިއޮތް ފަސް އަހަރު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން، ކުރަން ނިންމާ މަސައްކަތްކުގެ ސްޓްރެޓީޖިކް ޕްލޭނެއް ހެދުމުގެ މަސައްކަތް އެކޮމިޝަނުން ފަށައިފިއެވެ.

އެގޮތުން އެންމެ އިސްކަމެއް ދީގެން އެކޮމިޝަނުން ކުރަން ނިންމާފައިވާ މަސައްކަތަކީ އެންޓި-ކޮރަޕްޝަނުގެ ޤާނޫނު ރިވިއުކޮށް، ޤާނޫނު އިސްލާހްކުރުމުގެ މަސައްކަތްކަމަށް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ނައިބު ރައީސާ ފާޠިމަތު އަނޫލާ ވިދާޅުވީ މުޅި ނިޒާމު ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި އެގޮތުން ކުރިން ކޮމިޝަނުން ނިންމާފައިވާ ނިންމުންތައް ރިވިއުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

އަނޫލާ ވިދާޅުވީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހުރިއިރު، އެކަންކަން ތަޙްޤީގު ކުރުމުގައި ކޮމިޝަންގެ ސިސްޓަމްގެ ތެރެއިން ބޮޑެތި މައްސަލަތައް ފާހަގަކުރެވިފައިވާކަމަށެވެ. މިފަދަ ކުށްތަކަކީ ވަރަށް ބޮޑަށް ރާވައިގެން ކޮށްފައިހުރި ކަންތައްތައްކަމަށާ، ލިޔެކިޔުންތައް ފޯޖްކުރުމާއި ހެކިންނަށް ނުފޫޒުފޯރުވުންފަދަ ކަންތައްތައް ކޮށްފައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ކޮރަޕްޝަންގެ މައްސަލަތަކުގެ މަންފާ ބޮޑެތި ޢަދަދުތަކުން ހޯދަމުން އަންނައިރު، ދާއިމީ ގޮތެއްގައި ކުށްވެރިޔާއަށް މަންފާލިބޭގޮތަށް ހުރި މައްސަލަތައްވެސް ހުރިކަން ވެސް އަނޫލާ ވަނީ ފާހަގަކުރައްވާފައެވެ.

"ކުއްކުރާ މީހާ ޖަލަށް ލީމަ އެނިމުނީ ނޫން އަދި. އެ ފައިސާ އެކި ތަންތަނަށް، ރާއްޖެއިން ބޭރަށްވެސް އިންވެސްޓް ކުރޭ. އެހެންވީމަ ކޮމިޝަންގެ މަސައްކަތެއް މިގޮތަށް ހުރި ހުރިހާ މަންފާއަކީ ކުއްވެރިއާއަށް ބަންދުވާ އެއްޗަކަށް ހަދައި، އެއީ ދަޢުލަތަށްނަގާ އެއްޗަކަށް ހެދުމަކީ. މިކަންކަމަށް ޤާނޫނު ރިފޯމްކުރާއިރު ބަލާނަން." އަނޫލާ ވިދާޅުވިއެވެ.

ނޫސްބެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ ކޮމިޝަންގެ މަސައްކަތްތައް މިފަސް އަހަރަށް ބައްޓަން ކުރާނެ ގޮތުގެ ޕްލޭނެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި ކޮމިޝަނެގެ ތެރެއިން ކުރުމަށް ނިންމާ މަސައްކަތްތައް ރޭވުމާއި މިމަސައްކަތްތަކަކީ ވީހާވެސް ބޮޑަށް ދެފުށްފެންނަ އުސޫލެއްގެ ދަށުން ކުރިއަށްގެންދާނެ މަސައްކަތްތަކެއްކަމަށް ހަދާނެކަމަށް ޝިއުނާ ވިދާޅުވިއެވެ.

"އެތެރޭގެ އުސޫލުތައް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދަނީ. މެންބަރުންނަކީ މިނިވަންކަންމަތީ މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް މެންބަރުންގެ މާލީ ބަޔާންވެސް ހާމަކުރާނަން. އަދި މިނިވަން މުއައްސާ ކޮމީޓިއަށް ކޮންމެ ކުއާޓާއެއްގެ މަސައްކަތްތަކުގެ ތަފްސީލް ޙިއްށާކުރާންން." ޝިއުނާ ވިދާޅުވިއެވެ.

މީގެއިތުރުން ކޮރަޕްޝަނާމެދު އާއްމުން ހޭލުންތެރިކުރުވުމާއި ކޮރަޕްޝަނާދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި އިދާރީ އުސޫލުތައް ހަރުދަނާކޮށް ތަންފީޒު ކުރާނެކަމަށްވެސް އޭސީސީންވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން