ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމުގެ ފުރުޞަތު ނޫސްވެރިންނަށް އަބަދުވެސް އޮންނާނެ ކަމަށާއި ސުވާލުކުރުމުން އެވަގުތަކު ދެވެން އޮންނަ ޖަވާބެއް ދެމުން ގެންދާނެ ކަމަށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވެއްޖެއެވެ.
އިޒްމިއާ މިރޭ ވިދާޅުވީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެންވެސް ނޫސްވެރިންނަށް ސުވާލުކުރެވޭނެ ކަމަށާއި ސުވާލުކުރުމުން އެއިރަކު ދެވެން އޮންނަ ޖަވާބެއް ދެމުން ގެންދާނެ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ގުރޫޕުން ނޫސްވެރިއަކު ބޭރުކުރިން. އެއީ ކުރި ސުވާލަކާ ގުޅިގެނެއް ނޫން. ވަކި މީޑިއާއެއް ވެގެނެއްވެސް ނޫން. އެ މީޑިއާގެ ނޫސްވެރިން މިހާރުވެސް ގްރޫޕުގަ އެބަތިބި. އެ ނޫސްވެރިޔާ ބޭރުކުރަން ޖެހުނީ ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެއްގަ." ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.