ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތައިލައިފި

ކިޔުމަށް ހޭދަވާނީ 44ސ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތައިލައިފި

 ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ  ނައްތައިލައިފިއެވެ.

މިތަކެތި ނައްތައިލާފައިވަނީ މިހިނގާ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އުނގޫފާރު  ޕޮލިސް ސްޓޭޝަން ގޯތިތެރޭގައެވެ.

އުނގޫފާރު ޕޮލިސް ސްޓޭޝަނުން އިއްޔެ ނައްތައިލާފައިވަނީ އެކި މައްސަލަތަކުގައި ހިމެނޭ 91 ފުޅި ބަނގުރަލާއި  46 ދަޅު ބިޔަރެވެ. މިތަކެެއްޗަކީ 2019 ޖޫން 12 އިން ސެޕްޓެމްބަރު 29 ވަނަ ދުވަހާ ހަމައަށް އެކިދުވަސް މަތިން، ރ. އިފުރު ޑޮމެސްޓިކް އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތައިލުން އުނގޫފާރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މިއަދު އޮންލައިން