ހުޅުމާލެއިން ބަނގުރާ ފުޅިތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 27ސ
ހުޅުމާލެއިން  ބަނގުރާ ފުޅިތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

 ހުޅުމާލެ ބަނގުރާފުޅި ތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ބަނގުލަދޭޝް މީހެކެވެ. އޮކްޓޯބަރ 16 ވަނަ ދުވަހުގެރޭ ގާތްގަނޑަކަށް 19:52 އެހާކަންހާއިރު ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔައިރު ދަބަހެއް ހިފައިގެން އުޅުނު އެމީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ބަލައިފާސްކުރި އިރު އޭނާ ގެންގުޅުނު ދަބަހުގެ ތެރެއިން ހަ ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންއެވެ.

މިއަދު އޮންލައިން