އެމްޑީއެންއަށް ތާއީދުކުރުމަކީ ތިމާގެ އާޚީރަތް ބަރުބާދުކުރުން! އާޚިރަތް ބަރުބާދު ނުކުރައްވާ!: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އެމްޑީއެންއަށް ތާއީދުކުރުމަކީ ތިމާގެ އާޚީރަތް ބަރުބާދުކުރުން! އާޚިރަތް ބަރުބާދު ނުކުރައްވާ!: ޝައިޚް އިލްޔާސް

އެމްޑީއެންއަށް ތާއީދުކުރުމަކީ ތިމާގެ އާޚީރަތް ބަރުބާދުކުރުން ކަމަށާއި އެއްވެސް މުސްލިމަކު އެމީހާގެ އާޚިރަތް ބަރުބާދު ނުކުރުމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން އިލްތިމާސްކުރައްވައިފިއެވެ. 

"އިސްލާމީ ޝަރީޢަތަށް ގޮންޖަހައި، ކީރިތި ޤުރްއާނާއި ސުންނަތް ދޫކޮށް، އެހެން ގޮތެއް ހޯދަން އުޅުމަކީ، އެމީހާ ދީނުން ބޭރުވާނެ ކަމެކެވެ. އަދި އެފަދަ ބައަކަށް ތާއީދުކުރުމަކީ ތިމާގެ އާޚީރަތް ބަރުބާދުކުރުމެވެ. ވީމާ ތިމާގެ އާޚިރަތް ބަރުބާދު ނުކުރެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ." 

މިބަސްފުޅާއިއެކު ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ޓްވީޓްކުރައްވާފައިވަނީ ޢާލްޢިމްރާން ސޫރަތުގެ 85 ވަނަ އާޔަތެވެ. 

"ދީނެއްގެ ގޮތުގައި އިސްލާމް ދީން ނޫން ދީނެއް  އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އާލް ޢިމްރާން: 85)

 

މިއަދު އޮންލައިން