ވައުދާއި އަހުދު އުވާލުމަކީ ޔަހޫދީންގެ ސިފައެއް!: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ވައުދާއި އަހުދު އުވާލުމަކީ ޔަހޫދީންގެ ސިފައެއް!: ޝައިޚް އިލްޔާސް

ވައުދާއި އަހުދު އުވާލުމަކީ ޔަހޫދީންގެ ސިފައެއް ކަމަށް ފަލީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ. 

"އެމްޑީއެން އުވާލަން ގޮވާލާ ގޮވުމުގެ މައުޟޫޢު ބަދަލުކުރަން ކިތަންމެ ވަރަކަށް އުޅުނު ނަމަވެސް ރައްޔިތުން ތިބީ އެކަން ބަލައިގަންނާކަށް ނޫން. އިސްލާމް ދީނާއި ލޮބުވެތި ނަބިއްޔާ (ޞޢވ)ގެ ދިފާޢުގަ. މުސްލިމުން އެންމެ ބޮޑަށް ލޯބިވާންޖެހޭ އަދި ލޯބިކުރަން ޖެހޭ ޝަޚްޞިއްޔަތަކީ ނަބިއްޔާ (ޞޢވ)." ކަމަށް ވިދާޅުވެ ބަޔާން ކުރައްވާފައިވަނީ ބަޤަރާ ސޫރަތުގެ 100 ވަނަ އާޔަތެވެ.  

"އެއުރެން ޢަހްދެއް ކުރާ ކޮންމެހިނދަކު، އޭގެތެރެއިން ބައަކު އެ ޢަހްދު  އެއްލައިލަނީ ހެއްޔެވެ؟ އަދި ކިއެއްތަ؟ އޭގެ ގިނަމީހުން އީމާނެއް ނުވެތެވެ." (ބަޤަރާ: 100) 

ވައުދާއި އަހުދު އުވާލުމަކީ ޔަހޫދީންގެ ސިފައެއް ކަމަށް ޝައިޚް އިލްޔާސް ވިދާޅުވި ސަބަބު ބަޔާންކުރައްވާފައި ނުވި ނަމަވެސް ލިޔުއްވާފައިވާ މައްސަލައަށް ބެލުމުން އެ ވިދާޅުވަނީ ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމަށާއި ޤާނޫނު އަސާސީގައި ބަޔާންވެގެންވާފަދައިން ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ވެފައިވާ ވައުދުތައް ކަމުގައި ފާހަގަކުރެއެވެ. ޑރ. އިޔާޟް ވެސް ހަމަ މިފަދަ މޭރުމަކުން މިރޭ ޓްވީޓް ކުރެއްވުމުން އެކަން އިތުރަށް ޔަޤީންވެގެންދެއެވެ.

މިއަދު އޮންލައިން