ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ އިސް ރަށްވެހިންގެ ޕްރޮގްރާމްގައި ފުލުހުން ބައިވެރިވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 8ސ
ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ އިސް ރަށްވެހިންގެ ޕްރޮގްރާމްގައި ފުލުހުން ބައިވެރިވެއްޖެ

އިސް ރަށްވެހިންނަކީ އިހުތިރާމާއި ލޯބި ލިބިގެންވާ ބައެއްކަމާއި އެ މީހުންނަކީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް، ދިވެހި ރެޑްކުރެސެންޓްގެ ހދ. ގޮތްޕާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން ގުޅިގެން، ހދ.ކުޅުދުއްފުށީގައި ދިރިއުޅޭ އިސް ރަށްވެހިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ބައިވެރިވެއްޖެއެވެ.

މިހިނގާ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ހަވީރު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އިސް ރަށްވެހިންގެ ހާލުއަހުވާޅު ބަލައި އޮޅުން ފިލުވުމާއި ފުލުހުންގެ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ ގުޅާނޭ ފޯނު ނަމްބަރު ތައް ހިއްސާކޮށްފައިވެއެވެ. އަދި ފޯނުގެ ޒަރިއްޔާއިން ހިންގާ މަކަރާއި ހީލަތުގެ މައްސަލަތަކުން އިސް ރަށްވެހިން ސަލާމަތްކޮށް ހޭލުންތެރި ކުރުމަަށް އެފަދަ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް އެފަދަ ފޯނު ކޯލެއް އަތުވެއްޖެނަމަ ކަންތައް ކުރަންވީ ގޮތްތައް ބުނެދީ ފައިވެއެވެ.

މީގެ އިތުރުން އިސް ރަށްވެހިންނަކީ މުޖުތަމައަށް ބޭނުންތެރި ބަސްވިކޭ ބަޔަކަށް ހެދުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތް މިހާރަށް ވުރެން ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަމާއި ގުޅޭގޮތުން އިސް ރަށްވެހިންގެ ޚިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ.

މިއަދު އޮންލައިން