ގެވެށިއަނިޔާގެ މައްސަލަތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން ގދ.ފަރސްމާތޮޑާ ހެލްތު ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އޮކްޓޫބަރު 17 ވަނަ ދުވަހު އެރަށު ހެލްތު ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާގެ މައްސަލައެއް ދިމާވެއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ލިބިދެވޭ ރައްކާތެރިކަމާއި ޤާނޫނުގައި ހިމެނޭ މުހިންމު ބައިތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ. އަދި ގެވެށި އަނިޔާތައް ތަހުގީގު ކުރުމުގައި ދިމާވާ ދަތިތަކާ އެދަތިތައް ޙައްލުކުރަން ދެފަރާތުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން ގެވެށި އަނިޔާގެ ގާނޫނުގެ ދަށުން ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާ ހަނދާންކޮށްދީ އެފަދަ އެއްވެސް މައްސަލައެއްގައި އެއްވެސް މީހަކު ފަރުވާ ހޯދަން ހެލްތު ސެންޓަރަށް އަތުވެއްޖެނަމަ ނުވަތަ ފާހަގަކުރެވޭނަމަ ލަސްނުކޮށް އެމައްސަލަ ރިޕޯޓުކުރުމަށް އިރުޝާދު ދީފައިވެއެވެ.
ފަރެސްމާތޮޑާ ހެލްތު ސެންޓަރުގައި މަސައްކަތްކުރަ 20 މުވައްޒަފުން ބައިވެރިވި މި ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނެވެ.