އައިޖީއެމްއެޗްގައި ކުޑަ ކުއްޖެއްގެ ފުއްޕާމެއިން "ލެގޯ ބްރިކެއް" ނަގައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އައިޖީއެމްއެޗްގައި ކުޑަ ކުއްޖެއްގެ ފުއްޕާމެއިން "ލެގޯ ބްރިކެއް" ނަގައިފި!

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކުރި އޮޕަރޭޝަނެއްގައި ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ބްރިކެއް މިއަދު ނަގައިފިއެވެ.

މިކަމާއި ގުޅޭގޮތުން އައިޖީއެމްއެޗުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އޮޕަރޭޝަން ކޮށްފައިވަނީ ހަ އަހަރުގެ ކުޑަކުއްޖެއްގެ ކަމަށާއި ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އަދި އެކުއްޖާގެ ފުއްޕާމެއިން ނަގާފައިވަނީ ކުޑަ ލެގޯ ބްރިކެއް ކަމަށް ވެސް އެހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

ފުއްޕާމެއިން ލެގޯ ބްރިކް ނެގުމުގެ އޮޕަރޭޝަން ކުރީ އެ ހޮސްޕިޓަލްގެ ފުއްޕާމެ އާއި ނޭވާލާ ނިޒާމާ ބެހޭ ޚާއްސަ ޑޮކްޓަރުންގެ ޓީމަކުންނެވެ.

ބޮޑަށް ބެލެވޭގޮތުގައި އެ އެތިކޮޅު ކުއްޖާގެ ފުއްޕާމެއަށް ދިޔައީ ނޭފަތަށް ލައިގެން އުޅުމުގެ ތެރޭގަ އެވެ. މިކަހަލަ އެއްޗެއް ދިރުވާލެވިގެން ފުއްމާޕެއަށް ދިއުން ނާދިރު ކަމަށް ޑޮކްޓަރުން ބުނެ އެވެ.

 

މިއަދު އޮންލައިން