ފުވައްމުލަކުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 39ސ
ފުވައްމުލަކުން މަސްތުވާތަކެއްޗާއެކު ދެ މީހަކު  ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ  19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ.

ކަނޑު ބޯޓަކުން ފުވައްމުލަކަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު 23:48 ހާއިރު ހިންގި މިއޮޕަރޭޝަނުގައި، އެ ބޯޓުން ގެނައި ފޮށިގަނޑާ ހަވާލުވި އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މިއަދު އޮންލައިން