ބިލެއްދޫ ސްކޫލު ދަރިވަރުންނަށް ޓްރެފިކް އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 39ސ
ބިލެއްދޫ ސްކޫލު ދަރިވަރުންނަށް ޓްރެފިކް އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ފ. ބިލެއްދޫ ސްކޫލު ދަރިވަރުންނަށް ޓްރެފިކް އެވެއަރނަސް ޕްރޮގްރާމެއް ބިލެއްދޫ ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މިހިނގާ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އެސްކޫލްގެ ކީ ސްޓޭޖް 1 ގެ ދަރިވަރުންނަށް ކުރިއަށް ގެންދޔަ ޕްރޮގްރާމެކެވެ.

އެސްކޫލްގެ 47 ދަރިވަރުން ބައިވެރިވި މިޕްރޮގްރާމްގައި، މަގުމަތީގައި ހިނގާ ބިނގާވެ އުޅުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ދުއްވާ އެއްޗިއްސަށް ސަމާލުވުމާއި މަގުހުރަސްކުރާއިރު ކޮންމެ ދަރިވަރަކުވެސް ޚާއްޞަ ސަމާލުކަމެއް ދިނުމާއި ގުޅޭގޮތުން ކުދިންގެ އުމުރާ ގުޅޭގޮތަށް މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން މަގުމަތީގެ ރީތި އަދަބުތަކާއި ޤަވާއިދުތައް ދަރިވަރުންނަށް ބުނެދީފައިވެއެވެ.

މިއަދު އޮންލައިން