މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މާލީ މަންފާ ހޯދިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރް ވިދާޅުވީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން މާލީ މަންފާ ހޯދިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 21 އޮކްޓޯބަރ 2019 ވަަނަ ދުވަހު އުމުރުން 31 އަހަރުގެ ދިވެހި ފުލުހެއް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
މިމައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުން ކުރަމުންދާ ކަމަށާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް އިޒްމިއާ ވިދާޅުވިއެވެ.
މިކަމާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.