އާޓިފިޝަލް ބީޗް ސަރަޙައްދުގައި އުމުރުން ދުވަސްވީ މީހަކުި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. އެމީހަކީ ކާކުކަން އޭޑީކޭއަށް ގެންދިޔައިރު ނޭނގުނު ނަމަވެސް، މިހާރު އެމީހާއާއި ބެހޭ މައުލޫމާތު ހޯދިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ، އާޓިފިޝަލް ބީޗް ސަރަހައްދުން ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާގެ އާއިލާއާއި ގުޅިފައިވާކަމަށާއި، ޢާއިލާގެ ފަރާތުން އޭނާގެ ހަށިގަނޑާއި މިހާރު ހަވާލުވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
އާޓިފިޝަލް ބީޗުގައި ހުރި ގޮނޑިއެއްގައި ދޮށީ އުމުރުގެ ފިރިހެނަކު ހާލު ދެރަވެފައި އިންކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 06:26 ހާއިރު ފުލުހުންނަށް ލިބުމާއެކު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނައިރުވެސް ނިޔާވެފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވެއެވެ.