އީރާންގެ ބޯޓުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި ހިމެނޭ މީހުންގެ މައުލޫމާތު ހާމަކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އީރާންގެ ބޯޓުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި ހިމެނޭ މީހުންގެ މައުލޫމާތު ހާމަކޮށްފި

އީރާންގެ ދިދަނަގާފައިވާ "އަލްޝަބާން" ބޯޓުން ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި ހިމެނޭ މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފިއެވެ.

މިމައްސަލައިގައި ހިމެނޭކަމަށް ފުލުހުން ހާމަކޮށްފައިވަނީ އީރާނު ބޯޓުގައި ތިބި އެ ގައުމުގެ ހަ މީހަކާއި، އެ ބޯޓުން މަސްތުވާތަކެތި ބަލާ ދިޔަ "ހެދޭކުރި" ކިޔާ ދޯނީގައި ތިބި ހަތަރު މީހުންނާއި، މައްސަލައާ ގުޅިގެން ހައްޔަރުކުރި އިތުރު ތިން މީހެކެވެ.

މިމައްސަލައިގައި ހިމެނޭ ދިވެހިންގެ ތެރެއިން އިސްކޮށްތިބިކަމަށް ފުލުހުން ބުނެފައިވާ މީހުންނަކީ އަލީ އަންވަރު މުހައްމަދު (35އ) / ކޯޒީކޯނާ، ސ. ހިތަދޫ، އަހްމަދު ޝަކީބް (42އ) / މާތިލަ އާއި ކ. ދިއްފުށި އަދި މުހައްމަދު ރިޝްފާން (23އ) / ތުނޑި، މިލާނޯ، ލ، ގަން އެވެ.

އަދި ހެދޭކުރި ދޯނިން ހައްޔަރު ކުރި މީހުންނަކީ އާދަމް މިސްބާހް (39އ) / އިރުމަތީގެ، ކ. ދިއްފުށި، މުހައްމަދު އިނާޝް (22އ) / ތުނޑި، އިޓްޖެހިގެ، ލ. ގަން، އަލީ އަހްމަދު (24އ) / ބަންގްލަދޭޝް އަދި ތުހުން (36އ) / ބަންގްލަދޭޝް އެވެ.

އީރާންގެ "އަލްޝަބާން" ބޯޓުން ހައްޔަރުކުރި މީހުންނަކީ ފަކީރު (50އ) / އިރާން، އީސާ ސުލައިމާން (26އ) / އިރާން، އިސްމާއިލް އިބްރާހިމް (50އ) / އިރާން، ނަވީދު (30އ) / އިރާން، ސާޖިދު (50އ) / އިރާން އަދި އަލީ ރާޖާ (19އ) / އިރާން އެވެ.

 

 

 

 

 

މިއަދު އޮންލައިން