ރާއްޖެއިން އިސްލާމް ދީން ފުހެލުމަށް މަސައްކަތްކުރުމުގައި ހައްދުފަހަނައަޅާފައިވާ ޖަމިއްޔާ، އެމްޑީއެން އުވައިލަން ގޮވާލައި ބާއްވާ އެއްވުންތަކުގައި 10 ކަމަކަށް ސަމާލުކަން ދިނުމަށް ޢިލްމުވެރިންގެ ގުޅުމުން އިލްތިމާސްކޮށްފިއެވެ.
އެއިގެ ތެރޭގައި ނަމާދުގަޑިތަކަށް ފަރުވާތެރިވުމާއި މަގު ހިނގާ މީހުންނަށް އުނދަގޫ ނުވާނެހެން ހިނގާލުން ކުރިއަށް ގެންދިއުމާއި އެއްވެސް ބާވަތެއްގެ މުދަލަކަށް ގެއްލުންވާފަދަ ކަމެއް ނުކުރުމާއި އެފަދަ ކަމެއް ކުރަން ހިތްވަރު ނުދިނުމާއި އެއްވެސް ބާވަތެއްގެ މާރާ މާރީއަކަށް ހިތްވަރު ނުދިނުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ކުށްވެރިވެފައިވާ ފަރާތަށް އިއްވަން ޖެހޭ ޙުކުމެއް އިއްވަން ނުވަތަ ތަންފީޛްކުރަން އިލްތިމާސްކޮށް އަޑު އުފުލާހިނދު، އަމިއްލައަށް އެފަދަ ކަންކަން ކުރުމަށް ދޭހަވާ ފަދަ ޢިބާރާތްތައް ބޭނުންކުރުމުގެ ބަދަލުގައި ކަމާއިބެހޭ ފަރާތްކަށް ނިޞްބަތްކޮށް މެސެޖު އިއްވުންވެސް ހިމެނެއެވެ.
ޢިލްމުވެރިންގެ ގުޅުމުން އިލްތިމާސްކުރި 10 ކަންތައް:
