މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ފުލުހުންތަކެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.
މިމައްސަލައިގައި ތަހުގީގު ކުރެވެމުންދާ ފުލުހުންގެ ތެރޭގައި އެގްޒެކެޓިވް ލެވެލްގެ ފުލުހުންނާއި ނޮން-ކޮމިޝަންޑް އަދި ކޮމިޝަންޑް އޮފިސަރުން ވެސް ހިމެނޭއިރު މި ފުލުހުންނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގާ ގުޅިގެން އިތުރު ތަފްސީލް ވަރަށް އަވަހަށް މީޑިޔާއާ ހިއްސާ ކުރާނެ ކަމަށެވެ.