އެމްޕެރަރ ނަރުހީޓޯ ޖަޕާނުގެ ރަސްކަމަށް އިސްވެވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
އެމްޕެރަރ ނަރުހީޓޯ ޖަޕާނުގެ ރަސްކަމަށް އިސްވެވަޑައިގެންފި

ޖަޕާނުގެ އައު އެމްޕެރަރ ހިޒް އިންޕީރިއަލް މެޖެސްޓީ އެމްޕެރަރ ނަރުހީޓޯ ރަސްމީގޮތުން ތަޚުތަށް އިސްވެވަޑައިގެންފިއެވެ.

އެމްޕަރަރ ނަރުހީޓޯ ތަޚްތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި އެކިއެކި ޤައުމުތަކުގެ އެންމެ އިސްވެރިންނާ ޢިތްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އިޙްތިފާލުގައި ބައިވެރިވެ ވަޑައިގެންނެވި ޢިތްޒަތްތެރިންގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އިނގިރޭސި ވަލީ އަޙްދު ޕްރިންސް ޗާލްސް، ޔޫކްރެއިންގެ ރައީސް ވުލޮޑްމިއަރ ޒެލެންސްކީ އަދި ދެކުނުކޮރެޔާގެ ޕްރައިމް މިނިސްޓަރ ލީ ނަކްޔޮން ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ދުނިޔޭގެ 170 ޤައުމެއްގެ ޢިއްޒަތްތެރިން މި އިޙްތިފާލުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޖަޕާނުގެ ރަސްކަމުގެ ތަޙުތު ބަދަލުވުމަކީ ވަރަށް މަދުންނޫނީ ނުފެންނަ ޚާއްޞަ އިޙްތިފާލެކެވެ. މީގެ ކުރިން ހުންނެވި އެމްޕެރަރ ތަޚްތަށް އިސްކުރެވުނީ 7 ޖެނުއަރީ 1989ގައެވެ. އެފަހަރު ބޭއްވި އިޙްތިފާލުގައި ވެސް ދިވެހި ސަރުކާރުގެ އެންމެ އިސް ވެރިޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ. އެފަހަރު ބައިވެރިވެ ވަޑައިގެންނެވީ ކުރީގެ ރައީސް އަލްއުސްޠާޛް މައުމޫން ޢަބުދުލްޤައްޔޫމެވެ.

 

މިއަދު އޮންލައިން