ގުޅިފަޅުގެ ބިންހިއްކަން ބޮސްކާލިސް އަށް ދިން މައްސަލަ އޭސީސީގެ ސަމާލުކަމަށް! – އެމްޓީސީސީ އާ މަޝްވަރާވެސް ކޮށްފައެއް ނުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ގުޅިފަޅުގެ ބިންހިއްކަން ބޮސްކާލިސް އަށް ދިން މައްސަލަ އޭސީސީގެ ސަމާލުކަމަށް! – އެމްޓީސީސީ އާ މަޝްވަރާވެސް ކޮށްފައެއް ނުވޭ!

ގުޅިފަޅުގެ ބިންހިއްކަން ބޮސްކާލިސް ކުންފުންޏަށް ސަރުކާރުން އެވޯޑްކުރި މައްސަލަ އޭސީސީގެ ސަމާލުކަމަށް ހުށަހަޅުއްވައިފިއެވެ. މައްސަލަ އޭސީސީގެ ސަމާލުކަމަށް ހުށަހަޅުއްވާފައިވަނީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުޞްޠަފާއެވެ. 

މުޞްޠަފާ މިރޭ ވިދާޅުވީ ހުޅުމާލެ ފޭސް 2 އަށް 240 ހެކްޓަރުގެ ބިން ހިއްކައި ތޮށިލައި ރިވެޓްމަންޓް ޖެހުމަށް ޖުމުލަ ޚަރަދުވެފައިވަނީ 52 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ގުޅިފަޅުގައި 160 ހެކްޓަރުގެ ބިން ހިއްކައި ހަމައެކަނި ތޮށިލަން 53 މިލިއަން ޑޮލަރު އެއީ ވަރަށް ބޮޑު އަގެއް ކަމަށެވެ. "އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުން މި މަޝްރޫޢުން އެކަނިވެސް އެބަ އުޅޭ 8 މިލިއަން ޑޮލަރުގެ ކަޓެއް." 

މުޞްޠަފާ ވަނީ މިމައްސަލަ އޭސީސީގެ އިތުރުން އީޔޫ ކޮމިޝަނާއި ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދުގެ ސަމާލުކަމަށްވެސް ގެންނަވައިފައެވެ. 

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަޝްރޫޢު ބޮސްކާލިސް ކުންފުންޏަށް ދީފައިވަނީ އެމްޓީސީސީ އާއިވެސް އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތިއެވެ. އެމްޓީސީސީއަށް ސަރުކާރުން ބިންހިންކުމުގެ ބައެއް މަޝްރޫޢުތައް ޙަވާލުކޮށްފައިވީނަމަވެސް މަހާޖައްރާފު ބޭނުންކޮށްގެން ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ޤާބިލުކަން ވަނީ އެމްޓީސީސީއަށް ލިބިފައެވެ.

މިއަދު އޮންލައިން