ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގެ ގްރޭޑް ހަތެއްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ނައިފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
މި އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު، އެ ސްކޫލުގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ މިސެޝަނުގައި ގަނާކުރުމަކީ ކޮބައިކަމާއި ސްކޫލު މާހައުލުގައި ގަނާކުރުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި އެފަދަ މައްސަލަތަކުން ދުރުހެލިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން މިފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ އެމައްސަލަ ހައްލުކުރާނެ ގޮތާއި ގަނާ ކުރުން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މަދަރުސަތުލް އިފްތިތާހުގެ ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މިސެޝަނުގައި 28 ފިރިހެން ދަރިވަރުންނާއި 33 އަންހެން ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި ސެޝަނުގައި ދަރިވަރުންނަށް މައުލޫމާތު ދީފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.