މަސްޖިދުލްއަޤްޞާއަށް މުސްލިމް އަންހެނުން ވަނަނުދީ ހިފަހައްޓާއިރު ދޮރާށި ކައިރީގައި ޤުރްއާން ކިޔަވައިލަން ވެސް ތިބިއަ ނުދީ ދަނީ ހުރަސް އަޅަމުންނެވެ.
އެހެންކަމާއިއެކުވެސް މުސްލިމް އަންހެނުންގެ ހިތްވަރު އެލުވައެއް ނުލައެވެ. މުސްލިމުންގެ 3 ވަނަ ޙަރަމްފުޅަކީ އެމީހުންނަށް ވެސް ވަދެ އަޅުކަން ކުރެވޭނެ ކަމަށް ބުނެ ދަނީ އަޑު އުފުލަމުންނެވެ. ޙަރަމްފުޅުން އެމީހުންނަށް ލިބެން ޖެހޭ ޙައްޤުތައް ހޯދަން ގެންދަނީ މަސައްކަތްކުރަމުންނެވެ.
ޝަހީދުކޮށްފާނެ ކަމަށް އެއްވެސް ބިރެއް ނެތިއެވެ.