ފުވައްމުލަކު ސިޓީން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 27ސ
ފުވައްމުލަކު ސިޓީން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

 ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު މީހަކު ފުވައްމުލަކުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮކްޓޫބަރ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެރަށު މަގުމަތިންނެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރި 12 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

 

މިއަދު އޮންލައިން