ގެމަނަފުށީގައި މަސައްކަތްކުރާ ފުލުހުންނާ ކައުންސިލް ގުޅިގެން އެރަށުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ގެމަނަފުށީގައި ދިރިއުޅޭ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި ފުލުހުންނާއި އާއްމު ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިއަދު އެރަށުގައި ފެށި މި ޕްރޮގްރާމަކީ އެރަށުގެ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ތިން ހަފްތާގެ މުއްދަތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކުރަންވީ ކަންތައްތަކާއި، ކެއުމުގެ ވައްޓަފާޅި ހުންނަންވީ ގޮތްތަކާއި ކަސްރަތުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގައި ގެމަނަފުށީ ދެ ޖީންސްގެ މީހުން ހިމެނޭގޮތަށް 37 މީހުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމުގައި އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ތަމްރީނު ލިބިފައިވާ ފުލުހުންނެވެ.