ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އެމެރިކާއިން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ މުހައްމަދު އަމީން ކަން ހާމަވެއްޖެ އެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެއިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވުމުގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ހައްޔަރުކުރި އަމީން އަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައެޅި ފުރަތަމަ ދިވެހި މީހާ އެވެ.
އަދި އަމީން އަކީ ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައާ ގުޅިގެން ވެސް ހައްޔަރުކުރަން އުޅުމުން ފިލި މީހެކެވެ.
ބޭރުގައި ފިލައިގެން އުޅެނިކޮށް އޭނާ އަތުލައިގަތީ 2011 ވަނަ އަހަރުގެ ތެރޭގައި ވަގު ޕާސްޕޯސްޓެއްގައި ލަންކާއަށް އެތެރެވާން އުޅެނިކޮށެވެ. 2012 ވަނަ އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އިތުރަށް ޓެރަރިޒަމް ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ޝަރުތުކޮށްފަ އެވެ.