"މިސަރުކާރުން ރައްޔިތުންނަށް އަނިޔާއެއް ނުކުރާނެ! ކަމަށާއި އަދި ޤާނޫނު ތަންފީޒުކުރުމުގައި ފަހަތަކަށް ނުޖެހޭނެ!" ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ޢަބްދުﷲ މިފަދަ ޔަޤީންކަމެއް މިދެއްވީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" ގެ މައްސަލައިގައި ދައުލަތުން ފިޔަވަޅު އެޅުން ލަސްވާތީ އެއީ ރައްޔިތުންނަށް ސަރުކާރުން ކުރާ އަނިޔާ އަނިޔާއެއްކަމަށް ސިފަކޮށް ރައްޔިތުންނަށް އަނިޔާކުރުން ސަރުކާރުން ހުއްޓައިލާނީ ކޮންއިރަކުންތޯ؟" ގިނަ ބައަކު ކުރަމުން ގެންދާ ސުވާލުގެ ޖަވާބުގައި ކަމަށް ބެލެވެއެވެ.
އިސްލާމް ދީން ދުނިޔެއިން ވެސް ނަތައިލަން މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާއަކުން ގިނަ އަދަދެއްގެ ފައިސާ ހޯދައިގެން އެމްޑީއެން އިން ރިޕޯޓެއްގެ ނަމުގައި ޢާންމުކުރި "ސެޓަނިކް ރިފޯމް ޕޭޕަރސް" ނުވަތަ "ޝައިޠާނާގެ މަގަށް ދިވެހިން އަނބުރުވާ ވަސްވާސް" އާއި ގުޅިގެން ރައްޔިތުންގެ ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެކަމާއި ގުޅިގެން އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅުތައް ވީހައި އަވަހަކަށް އެޅުމަށް ސަރުކާރަށް އިލްތިމާސްކުރަމުންނެވެ.