އިނގުރައިދޫގައި ކުށްމަދު ކުރުމުގެ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މި އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ، އިނގުރައިދޫ ރައްޔިތުންނާ ފުލުހުން އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކުށްމަދު އަމާން މާހައުލެއް އެރަށުގައި ޤާއިމުކުރުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި، އިނގުރައިދޫގެ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ކުށްމަދު އަމާން މާހަލެއް ރަށުގައި ޤާއިމުކުރުމަށް ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން ފުލުހުންގެ މަސައްކަތްތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދައި ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތްވެސް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.