ހއ. އާއި ހދ. އަތޮޅު ޕޮލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ކިޔުމަށް ހޭދަވާނީ 44ސ
ހއ. އާއި ހދ. އަތޮޅު ޕޮލުހުންގެ  ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

 ހއ. އަތޮޅާއި ހދ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގެގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ  ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ގޯތިތެރޭގައެވެ.

އެގޮތުން އިއްޔެ ނައްތާލައިފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 642 ފުޅި ބަނގުރަލާއި 5 ދަޅު ބިޔަރެވެ. މިތަކެެއްޗަކީ އެކިދުވަސް މަތިން، ހދ. ހަނިމާދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ހއ. ދިއްދޫގައި ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި، ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މިއަދު އޮންލައިން