ނައިބު ރައީސް ހަންޏާމީދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 17ސ
ނައިބު ރައީސް ހަންޏާމީދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި

 ނައިބު ރައީސް ފައިޞަލް ނަސީމް، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހަންޏާމީދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތު  ނައިބު ރައީސް ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނުފެށި އޮތުމާއި ނަރުދަމާ ނިޒާމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ކައުންސިލަރުން  ނައިބު ރައީސް ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ކުނީގެ މައްސަލައަށް ޙައްލެއް ހޯދުމާ ގުޅޭގޮތުންނާއި ޞިއްޙީ ދާއިރާއާ ތަޢުލީމީ ދާއިރާއިން ޙައްލުކުރަން ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ އެހެނިހެން ބައެއް ކަންކަމުގެ މަޢުލޫމާތު ވެސް ކައުންސިލަރުން  ނައިބު ރައީސް ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުވުމުގައި  ނައިބު ރައީސް ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، ފެނުގެ ނިޒާމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށާއި އަދި ނަރުދަމާ ނިޒާމާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަންވެސް ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކަވައިގެން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި އެހެނިހެން ކަންކަމުގައިވެސް ކަމާބެހޭ ދައުލަތުގެ އިދާރާތަކުގެ އެހީއާއެކު އަވަސް ޙައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި  ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން