އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަދެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަމުން ދަނީ ކ.މާލެ، ހ.ލާމިޔާ، އާމިނަތު ނަޝާ ނާޝިދު (23އ) އެވެ.
ނަޝާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު 01:30 ހާއިރުއެވެ.
ވީމާ އާމިނަތު ނަޝާ ނާޝިދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިލައްވާފައިވެއެވެ.