ކުޑަކުދިންތަކެއް ބޮމެއް ހެދުމަށް ސްކޫލަކުން ވަގަށްނެގި ކެމިކަލްތަކެއް ފުލުހުން އަތުލައިގަނެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ކުޑަކުދިންތަކެއް ބޮމެއް ހެދުމަށް ސްކޫލަކުން ވަގަށްނެގި ކެމިކަލްތަކެއް ފުލުހުން އަތުލައިގަނެފި

ކުޑަކުދިންތަކެއް ބޮމެއް ހެދުމަށް މާލޭގެ ސްކޫލެއްގެ ލެބޯޓްރީއަކުން ވަގަށްނެގި ކެމިކަލްތަކެއް ފުލުހުން އަތުލައިގަނެފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ސްކޫލެއްގެ ލެބޯރެޓަރީން ކެމިކަލްތަކެއް ވަގަށް ނަގައިގެން، ގޮވާ އެއްޗެއް ތައްޔާރު ކުރަން އުޅޭ ކަމުގެ ތުހުމަތުގައި ބައެއް ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން މިރޭ ހިންގައި ވަގަށް ނަގާފައިވާ ކެމިކަލްތައް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މިކަމުގައި ބައިވެރިވަނީ 15 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާއިރު އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

މިއަދު އޮންލައިން