ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ކުޑަހުވަދޫ ބިޒީ ބީސް ޓިއުޝަން ސެންޓަރު ގުޅިގެން އެ ސެންޓަރުގެ ދަރިވަރުންނަށް ޓްރެފިކް އެވެއަރނަސް ސެޝަނެއް ނަގައިދީފިއެވެ.
މި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެެންދިޔަ މި ސެޝަނުގައި، މަގުމަތީގެ އަދަބުތަކާއި، މަގު ހިނގާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ޓްރެފިކް ނިޝާން ތަކާއި، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި، އެ ގާނޫނުގައި މަނާ ކޮށްފައިވާ ކަންކަން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ.
މީގެއިތުރުން ޓްރެފިކް ބަލަހައްޓާ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާ ގޮތްތަކާއި ފުލުހުންގެ ޑިއުޓީގައި ބޭނުންކުރާ ސައިކަލު ދައްކާލައި، ސައިކަލުގައި ފޮޓޯ ނެގުމުގެ ފުރުސަތު އެދަރިވަރުންނަށް ދީފައިވެއެވެ.
މި ސެޝަނުގައި، ބިޒީ ބީސް ޓިއުޝަން ސެންޓަރުގެ 65 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި ސެޝަނަކީ އެ ސެންޓަރުގެ އެދުމުގެ މަތިން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.