ގެއްލިގެން ފުލުހުން ހޯދަމުންދިޔަ އަންހެންމީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދުމަށް ފުލުހުން އިއްޔެ ފޮޓޯ އާންމުކުރީ ކ.މާލެ، ހ.ލާމިޔާ، އާމިނަތު ނަޝާ ނާޝިދު (23އ) އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އެ އަންހެން މީހާ މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި އަންހެން މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު 01:30 ހާއިރު ކަމަށެވެ.