ޤައުމީ އަބްޠާލުން ޤައުމަށްޓަކާ ވެވަޑައިގެންނެވި ޤުރްބާނީ ދެމެހެއްޓުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޤައުމީ އަބްޠާލުން ޤައުމަށްޓަކާ ވެވަޑައިގެންނެވި ޤުރްބާނީ ދެމެހެއްޓުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި

މާޒީގައި ޤައުމީ އަބްޠާލުން ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރްބާނީ ދެމެހެއްޓުމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ އިލްތިމާސް ކުރައްވައިފި އެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރަން މިރޭ ދަރުބާރުގޭގައި ބޭައްވި ޖަލްސާގައެވެ. 

ޝައިޚް އިމްރާން ވިދާޅުވީ ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރަން ބޮޑުތަކުރުފާނާއި އެމަނިކުފާނުގެ ބައިވެރިން ކުޑަވަރެއްގެ އަނގަމަތި މަސްދޯންޏެއްގައި އެތައް އަހަރެއް ވަންދެން ކުރެއްވެވި މަސައްކަތްޕުޅުތައް ކުރައްވަވަން އުފުއްލެވި ބުރަ މިއަދުގެ ޒުވާނުންނަށް އިޙްޞާޞް ވެސް ނުކުރެވޭނެ ކަމަށެވެ. 

އެއިގެ އިތުރުން ހޮޅީންގެ އަޅުވެތިވެތިކަމުން ރާއްޖެ މިނިވަންކުރަން ދޮންބަންޑާރައިން ކުރެއްވެވި މަތިވެރި ޖިހާދާއި ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލައިން ޤައުމު ސަލާމަތްކުރަން ޝަހީދު ޙުސައިން އާދަމްވެވަޑައިގެންނެވި މަތިވެރި ޤްރުބާނީގެ އަގު ވަޒަން ކުރަން ޖެހޭނެ ކަމަށެވެ. އެދުވަހު ޙުސައިން އާދަމް އެ ޤުރްބާނީ ވެވަޑައިގެންނެވިނަމަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ފުރުޞަތު ދިވެހިންނަށް ގެއްލިގެންދާނެ ކަމަށެވެ. 

ޝައިޚް އިމްރާންގެ ކުރު އިލްތިމާސް އިން އެނގިގެން ދަނީ ޕޯޗްގީޒުންގެ އަޅުވެތިކަމުންނާއި ދިވެހިން އިސްލާމް ދީނުން ބޭރުކުރުމަށް ޕޯޗްގީޒުން ކުރި މަސައްކަތްތަކުން ޤައުމު ދިފާޢުކޮށް ސަލާމަތް ކުރައްވަން އުތީމު މަހާރަދުން ޖިހާދު ކުރެއްވެވި ފަދައިން ހަމަ އެމައްސލަތައް ކުރިމަތިވެފައިވާ ރާއްޖޭގެ މިއަދުގެ ޙާލަތުން ޤައުމު ސަލާމަތްކުރަން މިއަދުގެ ޒުވާނުން މަސައްކަތްކުރަން ޖެހޭނެކަމެވެ.

 

މިއަދު އޮންލައިން