ރ. އަތޮޅު ދެރަށެއްގެ ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުުގެ ޕްރޮގްރާމެއް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 21ސ
ރ. އަތޮޅު ދެރަށެއްގެ ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުުގެ ޕްރޮގްރާމެއް ފަށައިފި

ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށާއި ރ. މާކުރަތު ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފިއެެވެ.

އެގޮތުން މީދޫ ޕޮލިސް ސްޓޭޝަނާއި ރ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން، އެ ސްކޫލުގެ ގްރޭޑް 1 އިން ގްރޭޑް 6 އަށް ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އުނގޫފާރު ޕޮލިސް ސްޓޭޝަނާއި މާކުރަތު ސްކޫލް ގުޅިގެން، އެ ސްކޫލްގެ ގްރޭޑް 1 އިން ގްރޭޑް 8 އަށް ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

މިޕްރޮގްރާމްތަކުގެ ތެރެއިން ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީ މޫދަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފަތާއިރު ނޭވާލާނެ ގޮތާއި، ފްލޯޓް ކުރާނެ ގޮތާއި، ފްލޯޓް ކުރުމުގައި ސަމާލުކަަންދޭންވީ ކަންކަމާ އަދި ކިކް ޖަހާނެ ގޮތާއި ފްރީ ސްޓައިލްގައި ފަތާނެ ގޮަތްތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން މޫދަށްއެރި އުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި، ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތުދީ އަދި  މޫދުގައި އުޅޭއިރު ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ދަރިވަރުންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކަސްރަތުކުރުމުގެ މުހިންމުކަމާއި ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ބޭނުންކުރުމާ ގުޅޭގޮތުން ވެސް މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން