ކެރިވަޑައިގަންނަވާ ނަމަ އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގަ ފުރުޞަތު ނުދެއްވާނެކަމަށް ނިކަން ވިދާޅުވެބަލަ!: އިލްހާމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކެރިވަޑައިގަންނަވާ ނަމަ އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގަ ފުރުޞަތު ނުދެއްވާނެކަމަށް ނިކަން ވިދާޅުވެބަލަ!: އިލްހާމް

އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވަން ކެރިވަޑައިގަންނަވާ ސިޔާސީ ލީޑަރުން އެކަން ހާމަކުރައްވަން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އިލްހާމް އަޙްމަދު އެދިވަޑައިގެންފިއެވެ. 

ޖުމްހޫރީ ޕާޓީ އަށް އިތުރު މެންބަރުން ސޮއިކުރުމަށް ރޭ އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި އިލްހާމް ވިދާޅުވީ މުހިންމީ އިސްލާމް ދީން ހިމާޔަތްކުރުމާއި އިސްލާމް ދީން މަތިވެރި ކުރުމުގެ ވާހަކަތަކުގެ އިތުރުން ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވުން ކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން މިއަދު ރައްޔިތުންނަށް ބޭނުންވާ ކަމަށެވެ. 

އިލްހާމް ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް މިހައިތަނަށް ވިދާޅުވި ހަމައެކަނި ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ކަމަށާއި އެކަމަށް ޔަޤީންކަން ދެއްވަމުން ގެންދަވާ ހަމައެކަނި ލީޑަރަކީ ވެސް ޤާސިމް އިބްރާހީމް ކަމަށެވެ. އެމަނިކުފާނު ފަދައިން އެހެން ސިޔާސީ ލީޑަރުންގެ ކިބައިން ވެސް މިކަމަށް ޔަޤީންކަން ބޭނުންވާ ކަމަށެވެ. 

މިހާރު އަމަލުކުރަމުން ގެންދާ ފެހި ޤާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމިޓީން ކުރި ޑްރާފްޓްގައި ހިމަނާފައި ނުވި ނަމަވެސް ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ފެހި ޤާނޫނު އަސާސީގައި ލިޔުއްވައި އެގޮތަށް ފާސްކުރެއްވީ ވެސް ޙިކުމަތު ޢަމަލީގެ ބޭނުންކުރައްވައިގެން އެ ޤާނޫނު އަސާސީ ފާސްކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ޤާސިމް އިބްރާހީމްކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން