މުލީ ގޭބިސީތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ކިޔުމަށް ހޭދަވާނީ 53ސ
މުލީ ގޭބިސީތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

މުލަކަތޮޅު މުލި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އެރަށުގެ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ހިނގާ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މުލީގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މުލީގައި ދެމުންދާ ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުން ދެކޭގޮތާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ފުލުހުންނާ ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްށެވެ.

އަދި ގޯތި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ކުށްމަދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެވޭނެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން މުލީގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ މަޢުލޫމާތާއި މުލީގައި ދުއްވާ ކަނޑު އުޅަނދުފަހަރުގެ މަޢުލޫމާތުތައް އެއްކުރުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ވަނީ އެރަށުގެ 10 ގެއަކަށް ޒިޔާރަތްކޮށްފަވެއެވެ.

މިއަދު އޮންލައިން