ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ހއ. އަތޮޅުގައި ފާހަގަކުރުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 9ސ
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ހއ. އަތޮޅުގައި ފާހަގަކުރުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މިއަހަރުގެ ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ހއ. އަތޮޅުގައި ފާހަގަކުރުމާ ގުޅޭގޮތުން ފުލުހުންނާއި ކުޑަކުދިންނާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުރިއަށްގެންދާނެ ޕްރޮގްރާމްތަކާއި ކުޑަކުދިންނާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކުން ގުޅިގެން ހޭލުންތެރިކުރުމުގެ ގޮތުން ކުރެވިދާނެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އަދި ހއ.އަތޮޅުގައި މި ހަރަކާތް ކުރިއަށްގެންދާ ރަށްތަކާއި ގުޅޭގޮތުންނާއި  މިދުވަސް ފާހަގަކުރުމުގެ ގޮތުން މިހާތަނަށް ހަމަޖެހިފައި ހުރި ކަންކަމުގެ އިތުރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުން ހާސިލްވާނެ މިންވަރާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ޖުވެނައިލް ކޯޓާއި ފެމެލީ ލީގަލް ކުލިނިކާއި، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަނާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެޑްވަރކޭޓިންގ ރައިޓް އޮފް ޗިލްޑްރެންސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ ސޯޝަލް ސަރވިސަސް ގެ އިތުރުން ކުރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ޓްރެފިކް ޕޮލިސް ޑިޕާރޓްމަންޓާއި ޕޮލިސް މީޑިއާ ސެންޓަރުން ބައިވެރިވެފައިވެއެވެ.

މިއަދު އޮންލައިން