އެމްޑީއެން ރިޕޯޓުގަ އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށްފައިވާ ކަމަށް ފުލުހުން ޔޫތް މިނިސްޓްރީގަ ދަންނަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އެމްޑީއެން ރިޕޯޓުގަ އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށްފައިވާ ކަމަށް ފުލުހުން ޔޫތް މިނިސްޓްރީގަ ދަންނަވައިފި

"އެމްޑީއެން އިން ނެރުނު "ޕްލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓަށް ފުލުހުން ހެދި އެސެސްމަންޓް އިން، އެރިޕޯޓްގައި އިސްލާމް ދީނަށް ތައުޙީނު ކުރުމުގެ ގޮތުން ފާޑުކިޔާފައިވާ ކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާ (ޞޢވ) އަށް ފުރައްސާރަކޮށްފައިވާ ކަމަށް ފެންނަ ކަމަށް ޔޫތްމިނިސްޓްރީގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަންނާފައިވާނެ" ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން މިފަދަ ނިންމުމެއް ނިންމުމުން އެމްޑީއެން އުވާލުމަށް ޔޫތް މިނިސްޓްރީއަށް މިހާރު އެއްވެސް ހުރަހެއް އޮންނާނެ ކަމަކަށް ނުބެލެވެއެވެ. 

އިސްލާމް ދީނަށާއި މާތް ﷲ އަށް އަދި ރަސޫލް (ޞޢވ) ދުނިޔޭގެ ފެންވަރުގައިވެސް މިހައިތަނަށް ނުކުރާ ވަރަށް ފުރައްސާރަކުރުމުން އެކަން ކުށްވެރިކޮށް ފިޔަވަޅު އަޅައިދިނުން އެދި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ރައްޔިތުންގެ ގިނަ ބައަކު ކުރަމުން ގެންދާ މަތިވެރި "ޖިހާދު" މިފަދަ ފުރުޞަތެއްގައިވެސް ފާހަގަކުރަން ޖެހެއެވެ.

 

 

މިއަދު އޮންލައިން