"ޖަލްސާއެއްގައި ނަމަވެސް ދަރުސެއްގައި ނަމަވެސް އަދި ދެކެވޭ ވާހަކައެއްގައި ނަމަވެސް ރަސޫލާ (ޞޢވ)ގެ ނަންފުޅު ކީއްޖެނަމަ ޞަލަވާތް ލެއްވެވުން އެދި ދުޢާކުރާށެވެ! صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކިޔާށެވެ! ﷲ ތަޢާލާގެ ރަޙްމަތް އެމީހަކަށް ލިބިގެންދާނެއެވެ. ކިޔާ ކޮންމެ ފަހަރަކަށް 10 ރަޙްމަތް ލައްވަވާނެއެވެ.
ﷲ ތަޢާލާގެ ރަހްމަތަށް އަހަރެމެންނަށް އިންތިހާއަށް ވަނީ ބޭނުންވެގެންނެވެ. އެންމެ ހިނދުކޮޅަކަށް ނަމަވެސް ﷲ ތަޢާލާގެ ރަޙްމަތް ކެނޑިއްޖެނަމަ އަހަރެމެންނަށް ލިބިގެންދާނެ ވިސްނައިލާށެވެ." –ޝައިޚް އިލްޔާސް ޙުސައިން
ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ޓީވީން ނުވަތަ އެނޫން ވަސީލަތަކުން ނަމަވެސް ރަސޫލް (ޞޢވ) ގެ ނަންފުޅުގެ އަޑުއިވިއްޖެނަމަ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކިޔަވަންވާނެއެވެ. އެހެނީ ރަސޫލް (ޞޢވ) ގެ ނަންފުޅުގެ އަޑު އިވުމުން އޮތީ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކިޔުމެވެ. އަޑު އިވުނު ގޮތުގެ މުހިންމުކަމެއް ނެތެވެ.
މިހައި ފަސޭހައިން މިހައި ގިނަ ސަވާބު ލިބެން އޮތް ކަމެއްގައި ގިނަ ބައަކު މިއަދު ވަނީ ވަރަށް ބޮޑަށް އިހްމާލްވެފައެވެ. ވިސްނައި ހޭލުންތެރިވަމާތޯއެވެ!
ޝައިޚް އިލްޔާސްގެ ނަޞޭޙަތް (ވީޑިއޯ):