އިދިކޮޅުގެ "ބަޑި ބުރާސްފަތި" މުޒާހަރާ ރޫޅާލުމަށްފަހު ބައެއް މީހުން ހައްޔަރުކޮށްފި!

ކިޔުމަށް ހޭދަވާނީ 40ސ
އިދިކޮޅުގެ "ބަޑި ބުރާސްފަތި" މުޒާހަރާ ރޫޅާލުމަށްފަހު ބައެއް މީހުން ހައްޔަރުކޮށްފި!

އެއްވުން ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށް އަންގާފައި ވަނިކޮށް އިދިކޮޅު ކޯލިޝަން ކަމުގައިވާ ޕީޕީއެމް އާއި ޕީއެންސީން އިންތިޒާމް ކޮށްގެން މިރޭ ބޭއްވި "ބަޑި ބުރާސްފަތި" މުޒާހަރާ ފުލުހުން ރޫޅާލާ، ބައެއް މީހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން އެސަރަަހައްދުގައި މިހާރުވެސް ހަރަކާތްތެރިވަމުން އަންނައިރު އޭގެ ތެރެއިން ބައެއް މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފަ އެވެ. އެކަމަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ.

ޕީޕީއެމްގެ އޮފީސް ކުރިމަތީގައި މިއެއްވުން ބޭއްވިއިރު، އެއްވުމުގެ ބައެއް ބައިވެރިން ތިބީ ބެނާތަކާއެކު ބިންމަތީގައި އިށީންދެލައިގެންނެވެ.

"ބަޑިބުރާސްފަތި" ގެ ނަމުގައި ބޭއްވި އެއްވުމުގައި ޑީއާރުޕީން ވެސް ބައިވެރިވެފައިވެއެވެ.

މިއަދު އޮންލައިން