އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގެ ނަމުގައި މަސައްކަތްކުރާ ދުނިޔޭގެ ހުރިހާ ޖަމާޢަތްތަކަށް ފަޟީލަތުއްޝައިޚް އިލްޔާސް ހުސައިން އަނެއްކާވެސް ގޮންޖައްސަވައިފި އެވެ.
ރޭ އަލިމަސްކާނިވަލުގައި ދަރުސް ދެއްވަމުން ވެސް ޝައިޚް އިލްޔާސް ވިދާޅުވީ "ކުޑަކުދިންގެ ޙައްޤެއް ނަމަވެސް ބޮޑެތި މީހުންގެ ޙައްޤެއް ނަމަވެސް އަދި އަންހެނުންގެ ޙައްޤެއް ނަމަވެސް ސިޔާސީ ޙައްޤެއް ނަމަވެސް އިސްލާމް ދީނުގައި ނިއުޅައިގެންފައިވާ އެއްވެސް ޙައްޤެއް ދައްކައި މިއީ ތިމަންނަމެން ގެނެސްދިން ޙައްޤެއް ކަމަށް ބަޔާންކޮށްދީފިނަމަ އިސްލާމް ދީން ދޫކުރައްވައި އެބައަކާއިއެކު ހުންނަވާނެ ކަމަށެވެ.
ޝައިޚް އިލްޔާސް ވަނީ މީގެ ކުރިންވެސް މިފަދައިން ވިދާޅުވެ މުޅި ދުނިޔެއަށް ގޮންޖައްސަވައިފައެވެ.
ޝައިޚް އިލްޔާސް ވިދާޅުވަމުން ގެންދަނީ އެ ޙައްޤެއްގެ ބޭނުން ކުރުމުން އިންސާނުންނަށް ފައިދާ ކުރާނެ ހުރިހާ ޙައްޤުތަކެއް އިސްލާމް ދީނުގައި ވަރަށް ފުރިހަމައަށް ބަޔާން ވެގެންވާ ކަމަށާއި ބޭރުން ބައަކު އައިސް މުސްލިމުންނަށް ދަސްކޮށްދެވޭނެ އެއްވެސް ޙައްޤެއް ނެތް ކަމަށެވެ. އޮތް ނަމަ އެކަން ހާމަކުރުމަށެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ޣައިރު މުސްލިމުން ވެސް އިސްލާމް ދީން ދިރާސާކުރުމަށްފަހު، އިސްލާމް ދީނަށްވުރެ ފުރިހަމަ ދީނެއް ނެތް ކަމަށް އެއްބަސްވަމުން އަންނަ ކަމަށެވެ. މިއުންމަތުގެ ކައު ސާޙިބާ މުޙައްމަދު (ޞޢވ) އަށް ވުރެ މާތް ނަބިއްޔެއް ވެސް ނެތް ކަމަށެވެ.
ޝައިޚް އިލްޔާސްގެ ދަރުސުން (ވީޑިއޯ):