އައިޖީއެމްއެޗްގައި ހިލޭ ކަކުލު ހުޅު ބަދަލުކުރި ސަތޭކަ ވަނަ ބަލިމީހާގެ ހާލު ނައިބު ރައީސް ބައްލަވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އައިޖީއެމްއެޗްގައި ހިލޭ ކަކުލު ހުޅު ބަދަލުކުރި ސަތޭކަ ވަނަ ބަލިމީހާގެ ހާލު ނައިބު ރައީސް ބައްލަވާލައްވައިފި

އިންދްރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ހިލޭ ކަކުލު ހުޅު ބަދަލުކުރި 100ވަނަ ބަލިމީހާގެ ގާތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޒިޔާރަތްކުރައްވައި ހާލު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އައިޖީއެމްއެޗްގައި މި އޮޕްރޭޝަންކުރި ޑޮކްޓަރުންނާ ބައްދަލުކުރައްވައި މި ސަރޖަރީގެ ކާމިޔާބީ ފާހަގަކުރައްވާފައިވެއެވެ.

ޞިއްޙީ ޚިދުމަތް އަވަސްކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިޔަށްގެންދާ މަޝްރޫޢުގެ ދަށުން އާސަންދައިގެ ތެރެއިން ހިލޭ މި ސަރޖަރީ ހެދުމުގެ ފުރުޞަތު އައިޖީއެމްއެޗްގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލާ މެޑިކާ އިން ވެސް ލިބޭގޮތަށް ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާފައެވެ.

މިއަދު އޮންލައިން