ފުލުހުން މިހާރު ކުރިއަށް ގެން ގެންދާ އެމްއެމްޕީއާރުސީގެ މައްސަލަތަކާއި ގުޅިގެން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ފުލުހަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުންގެ ތަޙްޤީޤަށް ގިނަ ބައެއްގެ ބަޔާން ނަގަން ބޭނުންވާ ކަމަށެވެ. އަދި މިހާރުވެސް ގެންދަނީ ގިނަ ބައަކު ހާޒިރުކޮށް ބަޔާން ނަގަމުންނެވެ.