މަނީ ލޯންޑަރިން މައްސަލައިގަ ރައީސް ޔާމީނަށް ހުކުމް އިއްވުން މާދަމާ މެންދުރު!

ކިޔުމަށް ހޭދަވާނީ 1މ 26ސ
މަނީ ލޯންޑަރިން މައްސަލައިގަ ރައީސް ޔާމީނަށް ހުކުމް އިއްވުން މާދަމާ މެންދުރު!

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ކުށުގެ ދައުވާގެ މައްސަލައިގެ ހުކުމްކުރުން މާދަމާ މެންދުރަށް ތާވަލުކޮށްފިއެވެ.

މިމައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 13:00 ގައެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަމަހުގެ ތެރޭގައެވެ.

ރައީސް ޔާމިންގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ ކޮރަޕްޝަނުގެ ފައިސާ ކަމަށް ތުހްމަތު ކުރެވޭ ފައިސާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވެފައިވަނިކޮށް އެ ފައިސާ އިންވެސްޓްކޮށް އަދި އޭގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހްމަތު ކުރެވޭ މައްސަލައިގައި އެވެ.

ރައީސް ޔާމިންގެ މައްޗަށް މަނީ ލޯންޑްރައިންގެ ދައުވާ އުފުލާފައިވަނީ މަނީ ލޯންޑްރިންނާއި ޓެރަރިޒަމްއަށް ފައިނޭސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ ށ ދަށުނެވެ.

އެ ޤާނޫނު ބުނާ ގޮތުން މަނީލޯންޑްރިންގެ ކުށެއް ކޮށްފި މީހަކަށް ކުށްސާބިތުވެއްޖެނަ ދެ ގޮތަކަށް އަދަބު ދެވިދާނެއެވެ. އެއް ގޮތަކީ އެމީހަކު 100،000 (އެއްލައްކަ) ރުފިޔާއާއި 1،000000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ދެވަނަ ގޮތަކީ ޢަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ޢަދަދު (ލޯންޑަރކުރި ފައިސާގެ ޢަދަދު) ގެ 5 ގުނައަށްވުރެ އިތުރުނުވާ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އާންމުކޮށް ހުޅުވާލައިގެން އަދި ޓީވީ މެދުވެރިކޮށް ލައިވްކޮށް ކުރިއަށް ގެންދާ މި މައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ މަޖިލިސްވެސް ލައިވްކޮށް ގެނެސްދިނުމަށްވަނީ ހަމަޖެހިފައިވެ އެވެ.

މިއަދު އޮންލައިން