ޤާޟީ ހައިލަމް ކުރެހި ކުރެހުން އެއްވެސް ޤައުމަކުން ބަލައެއް ނުގަންނާނެ!: އިމްތިޔާޒް ފަހުމީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޤާޟީ ހައިލަމް ކުރެހި ކުރެހުން އެއްވެސް ޤައުމަކުން ބަލައެއް ނުގަންނާނެ!: އިމްތިޔާޒް ފަހުމީ

ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ހައިލަމް ކުރަހައިގެން އުޅޭ ކުރެހުމަކީ ދުނިޔޭގެ އެއްވެސް ޤައުމަކުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މައްސަލަ ވީހައި އަވަހަކަށް ޖޭއެސްސީ އިން ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް މަޖިލީހުގެ ޖޫޑިޝަރީ ކޮމިޓީގެ މުޤައްރިރް އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ. 

އިމްތިޔާޒް ފަހުމީ މިމޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީން ވަނީ އެ މައްސަލަ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ވެސް ގޮވާލައިފައެވެ. 

ޤާޟީ ހައިލަމްގެ ކުރެހުމާއި ގުޅިގެން ބައެއް މީހުން ބުނެފައިވަނީ މިއީ ރާއްޖޭގެ ތާޜީޚުގައި ފަނޑިޔާރަކު ކޮށްފައި ނުވާފަދަ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. ހަމަ އެއާއިއެކު ރައީސް ޔާމީނުގެ މައްސަލައިގައި މާދަމާ ޙުކުމް ކުރަން ނިންމާފައި އޮތް އިރު ކޮންމެ ގޮތަކަށް މައްސަލަ ނިންމި ނަމަވެސް އެ ޙުކުމަކީ އިންޞާފުވެރި ޙުކުމެއް ކަމަށް ބަލައިގަންނާނެ ގޮތަކާއިމެދު ވެސް ގިނަ ބައަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.

މިއަދު އޮންލައިން