ކުޅުދުއްފުށި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ކިޔުމަށް ހޭދަވާނީ 52ސ
ކުޅުދުއްފުށި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް  ފަށައިފި

ހދ. ކުޅުދުއްފުށީގެ ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

އެގޮތުން ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި ފިހާރަތަކުގައި ކުށެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީނުމަށް ހަަމަޖެހިފައިވެއެވެ. އަދި އެމެންޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ޕޮލިސް ސްޓޭޝަނަށް ގުޅޭނެ ނަންބަރ ވިޔަފާރިވެރިންނާ ޙިއްސާ ކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ފިހާރަތަކުގެ ސަލާމަތީކަންކަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދިނުމަށް ހަމަޖެހިފައިވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުފެށި މިޕްރޮގްރާމްގެ ތެރެއިން އެރަށުގެ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ވިޔަފާރިވެރިން ހޭލުންތެރި ކުރުމަށް ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައްދަނީ ހިންގަމުންނެވެ

މިއަދު އޮންލައިން