ސަޕްލައި.އެމްވީ ގެ ނަމުގައި ހާއްސަ އޮންލައިން ޕްލެޓްފޯމް ތައާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ސަޕްލައި.އެމްވީ ގެ ނަމުގައި ހާއްސަ އޮންލައިން ޕްލެޓްފޯމް ތައާރަފްކޮށްފި

މި ޕްލެޓްފޯމުން ރާއްޖޭގެ 36 ކުންފުންޏަކުން ވިއްކާ މުދާތައް ބަލައިލެވޭ ހާއްސަ އޮންލައިން ޕްލެޓްފޯމް ''ސަޕްލައި.އެމްވީ'' ތައާރަފްކޮށްފިއެވެ.

މި ޕްލެޓްފޯމް ތައާރަފް ކުރުމަށް މިއަދު ޗަމްޕާ ސެންޓްރަލްގައި ބޭއްވި ރަސްމިއްޔާތެއްގައި ސަޕްލައި އެމްވީގެ މެނޭޖިން ޑިރެކްޓަރު ރާއިދު ވަލީދު ވިދާޅުވީ މިޕްލެޓްފޯމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ ވިޔަފާރިވެރިންނަށް ހޯލްސޭލަރުންގެ ފަރާތުން ފަސޭހަ ކަމާއެކު މުދާ ގަތުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން އުފެއްދި ޕްލެޓްފޯމެއް ކަމަށެވެ.

ރާއްޖޭގެ 36 ކުންފުންޏަކުން ވިއްކާ މުދާތައް މި ޕްލެޓްފޯމުން ބަލައިލެވޭއިރު މިހާތަނަށް ގާތްގަނޑަކަށް 2،600 ބާވަތުގެ މުދާ މި ޕްލެޓްފޯމްގައި ރަޖިސްޓްރީ ކޮށްފައިވާއިވެއެވެ.

ސަޕްލައި އެމްވީން ބުނެފައިވަނީ ކުރިއަށްއޮތްތަނުގައި އަދި އިތުރު 800 އަށް ވުރެ ގިނަ ކުންފުންޏާއި 10،000 އަށް ވުރެ ގިނަ ބާވަތުގެ މުދާ މި ޕްލެޓްފޯމުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

މިއީ އުރީދޫގެ ނިރު އެކްސަލަރޭޓާގެ ތެރެއިން އުފެދިގެން އައި ވިޔަފާރި އޮންލައިން ޕްލެޓްފޯމެވެ.

މި ޕްލެޓްފޯމް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މިއަދު އޮންލައިން